ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މީހުންނާއި ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ އިރާކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތައި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ކަމަށެވެ.
އިންޓެލް ރިޕޯޓަކާ ގުޅިގެން ސިފައިންނާއި ފުލުހުން ގުޅިގެން ކުއްލި އޮޕަރޭޝަނެއްގެ ނަމުގައި ބަޔާން ހިއްސާކުރުމަށް ފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ބަޔާން ޑިލީޓްކޮށްފައެވެ. އެއަށްފަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ކަމާ ގުޅުންހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން މާލޭގެ ބައެއް ގެތަކާއި ހުޅުމާލޭގެ ބައެއް ތަންތަން ވެސް މި އޮޕަރޭޝަންގައި ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންނެވެެ. މިއޮޕަރޭޝަނަކީ މާލޭގައި ބޮމެއް ގޮއްވާލަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް އަޑުތައް ފެތުރުނު ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު