ަމަޖިލީހުގެ ޖަލްސާއެއްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ަމަޖިލީހުގެ ޖަލްސާއެއްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
އެމްޑީޕީން އުޅެނީ މި ސަރުކާރުން ދިވެހިންނަށް ހެޔޮވެރިކަން ކޮށްދޭތީ އެކަމާ ކަންބޮޑުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ފައިސާ ޗާޕު ކުރާ ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝުޖާއު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރާކަށް ނޫޅޭ ކަމަށެވެ.

އަދި އެމްޑީޕީން އުޅެނީ ދިވެހި އިގްތިސާދު ރަނގަޅުވެ، އެބޭފުޅުން ނުދެއްކޭނެ ކަމަށް ހީކުރި ހުރިހާ ލޯނެއް ބަރާބަށް ދައްކައި ހަލާސްކޮށް ދިވެހިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެޔޮވެރިކަން ކޮށްދޭތީ އެކަމާ ކަންބޮޑުވެގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

https://x.com/ibrahimshujaau/status/1899378407592677558?s=46

ޝުޖާއު މިހެންވިދާޅުވެފައި މިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީން އިއްޔެ ވަނީ ގޮވާލާފައެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.

މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން