މިއަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ފެބްރުއަރީ މަހު މީރާއަށް 2.4 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.4 އިންސައްތަ އިތުރު އަދަދެކެވެ.
ފެބްރުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ އަދަދަކީ މި އަހަރުގެ ފެބްރުއަރީ މަހު އެ އިދާރާއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެފައިވެ އެވެ.
އެ އިދާރާއިން ބުނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުން މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.
ފެބްރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ފެބްރުއަރީ މަހު 1.23 ބިލިއަން ރުފިޔާ ބަލައިގަތްއިރު އެއީ ޖުމްލަ އާމްދަނީގެ 49.8 އިންސައްތައެވެ. އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު 401.4 މިލިއަން ރުފިޔާ ބަލައިގަތްއިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 102.4 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާ ލިބުނެވެ. މީރާއަށް މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު