ނިރުބަވެރި އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަނެއްކާވެސް ހަތަރު މީހަކު މަރާލައިފި އެވެ. އިސްރާއީލުން މި ސަރަހައްދުގައި މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަން ފެށިފަހުން ފަލަސްތީނުގެ ދިހަހާސް މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި 60 އަހަރުގެ އަންހެނަކު ހިމެނޭ ގޮތަށް ހަތަރު މީހަކު ވަނީ މަރާލާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ސްޕެޝަލް ފޯސްތަކުން އަންގާރަ ދުވަހު ޖެނިންގެ ގެއެއްގައި ބެރިކޭޑް ޖަހައިގެން ހަތިޔާރު އެޅި ފަލަސްތީނު މީހުންނާ ކުރިމަތިލުމަށް ބަޑިން ހަނގުރާމައެއް ކުރި ކަމަށާއި ދެ މީހަކު މަރުވެ އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ހިނގި އެހެން ހާދިސާއެއްގައި އިސްރާއީލު ސިފައިންގެ މީހެއް ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެ އެވެ.
ޖެނުއަރީ މަހު އިސްރާއީލުގެ ޘ. އެތައް ހާސް ސިފައިންނެއް ބައިވެރިކޮށްގެން ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީތަކާއި ރެފިއުޖީ ކޭމްޕްތަކުގައި ބޮޑު އޮޕަރޭޝަނެއް ފެށި ފަހުން މިހާތަނަށް މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 30 އަށް ވުރެ މައްޗަށް އަރާފަ އެވެ.
މި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އިސްރާއީލުގެ ސިފައިން ވަނީ ޖެނިންއާ ކައިރީގައިވާ ސިޓީތަކުގައި ހުރި ރެފިއުޖީ ކޭމްޕްތައް ހަލާކުކޮށް، މަގުތަކާއި ފެން ހޮޅިތައް ހިމެނޭ ގޮތަށް ގެތަކާއި އިންފްރާސްޓްރަކްޗާ ބޭނުން ނުކުރެވޭ ވަރަށް ތަޅާލާފަ އެވެ.
އިސްރާއީލުން ތަކުރާރުކޮށް ބުނަމުންދަނީ މި އޮޕަރޭޝަނަކީ ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހިމެނޭ ގޮތަށް ހަތިޔާރު އެޅި ޖަމާއަތްތަކަށް ހަމަލާދިނުމަށް ކުރާ އޮޕަރޭޝަނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު