ފަލަސްތީނުގެ ބިންތައް ފޭރެން ގޮވާ ހައްދު ފަހަނައަޅާފައިވާ ޔަހޫދީއެއްގެ ނަން ނޮބެލް ސުލްހައިގެ އިނާމަށް ހުށަހަޅައިފި އެވެ.
އިސްރާއިލުގެ ދެ ޔުނިވާސިޓީއެއް ކަމަށްވާ އެރިއަލް ޔުނިވާސިޓީއާއި ބެން ގުރިއޮން ޔުނިވާސިޓީއިން ނޮބެލް އިނާމު ކޮމިޓީއަށް ހުށަހެޅީ ޑެނިއެއްލާ ވީސް ނަމަކަށް ކިޔާ ހައްދު ފަހަނައަޅާފައިވާ ޔަހޫދީ އަންހެނެއްގެ ނަމެވެ.
އެ ދެ ޔުނިވާސިޓީން ބުނީ ޑެނިއެއްލާގެ ނަން ހުށަހެޅީ ފަލަސްތީނާއި އިސްރާއިލުގެ މަޝްރަހު ހަމައަކަށް އަޅުވަން އޭނާކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ޣައްޒާއަށް ވުރެ ހުޅަނގު އައްސޭރީގައި ޔަހޫދީންނާއި ފަލަސްތީނުގެ މީހުން މަދުން މަރުވެފައިވަނީ ޑެނިއެއްލާގެ މަސައްކަތްތަކާ ހުރެ ކަމަށް ބުނެފައި ވެއެވެ.
ޑެނިއެއްލާއަކީ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ ޔަހޫދީ އާބާދީ ސަރަހައްދެއްގެ ކުރީގެ މޭޔަރުވެސް މެއެވެ. ޣައްޒާގެ ގަތުލު އާންމު ފެށުނު ފަހުން ވެސް އޭނާ ދަނީ ޣައްޒާއާއި ހުޅަނގު އައްސޭރި އެއްކޮށް އިސްރާއިލުގެ ދަށަށް ގެނެސް ޔަހޫދީ އާބާދީތައް އިތުރުކުރުމަށް ގޮވާލަމުން ނެވެ.
އަދި ޑެނިއެއްލާ ދައްކާ ވާހަކަތަކާ ހުރެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މީހުންނަށް ހަމަލާ ދިނުން ވެސް އިތުރުވެފައިވާ ކަމަށް އިސްރާއިލުގެ މިނިވަން ނޫސްތަކުން ބުނެއެވެ.
ނޮބެލް ސުލްހައިގައި އިނާމު ނަމުން ކީ ނަމަވެސް މިއީ ބޮޑު ޖޯކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި މުޖުރިމުން ކަމަށްވާ އެމެެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ހެންރީ ކިސިންޖާއާއި ފަލަސްތީނުގެ އެތައް ލައްކަ ބަޔަކު ވަޒަނުން ބޭރުކުރުމުގައި އުޅުއްވި އިސްރާއިލުގެ ކުރީގެ ބޮޑުވަޒީރު މެނެހަމް ބެގިންއަށް ވެސް ނޮބެލް ސުލްހައިގެ އިނާމު ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު