ފަތުރުވެރުކަމާ ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅާފައިވަނީ ކައުންސިލްގެ އިޚްތިސާސްގެ ދަށުގައިވާ ބާރުތައް ސަރުކާރަށް ނެގުމުގެ މަޤްސަދުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ މި އިސްލާހާ ދެކޮޅަށް އިދިކޮޅު މެމްބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ރައްދު ދެއްވަމުންނެވެ.
މި އިސްލާހަކީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ފަޅުރަށްތައް ދޫކުރުމުގެ ބާރު ރައީސްގެ އަތްޕުޅަށް ނަގައި، ބާރުތައް އެއްކޮށްލުމަށް މަސައްކަތް ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށް އިދިކޮޅުން ދެކޭކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެއްވެސް ހާލެއްގައި މިއީ ރައީސްގެ އަތްޕުޅަށް ބާރުތައް ނެގުމުގެ މަޤްޞަދުގައި ހުށަހެޅުއްވި އިސްލާހެއް ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ މި އިސްލާހަކީ ކައުންސިލްތަކުގެ އިހުތިސާސްގެ ދަށުގައިވާ ރަށްރަށުގައި ރިސޯޓުތައް ތަރައްގީ ކުރާނަމަ، އެކަން ރަނގަޅު އިސޫލެއްގެ ދަށުން ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ކައުންސިލްތަކުން ރިސޯޓުތައް އެޅުމަށް ބިން ދޫކުރިނަމަވެސް، މިފަދަ މަޝްރޫއުތަކާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ކައުންސިލްތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި ރިސޯޓެއް ތަރައްޤީކުރާނަމަ، އެކަން ކުރަންޖެހޭނީ ފަތުރުވެރިކަމާބެހޭ ޤާނޫނުގެ ދަށުންކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ މި އިސްލާޙުގެ ސަބަބުން މިހާރު ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކާ ގުޅޭ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރިއެރުން ލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު