ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ، ސޯޝަލް މީޑިއާ
ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ، ސޯޝަލް މީޑިއާ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަގާމަށް މެމްބަރަކު ހޯދަން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާފައިވާ ކަމަށެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ކަމަށް ރައީސް އޮފީހުންނެވެ.

މިކަމަށް ބޭނުންވާ ފޯމުތަކާއި އިޤްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އިބްރާހީމް ރަޝީދު މަޤާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އޭނާ މަގާމުން ވަކިކުރަން ނިންމީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން