1،274 ފަތުރުވެރިންނާއެކު އަވައްޓެރި ސްރީލަންކާގެ ކްރޫޒްލައިނާއެއް ރާއްޖެ އައިސްފިއެވެ.
މިއަދު އިމިގްރޭޝަނުން ބުނީ، މި ކްރޫޒްލައިނާ އައީ ލަންކާގެ ވެރިރަށް ކޮލަމްބޯއިން ކަމަށެވެ. އެގޮތުން "އެމްއެސް ޒުއިޑަޑަމް" ކިޔާ މި ކްރޫޒްލައިނާ އިން ރާއްޖެއަށް 1،274 ފަތުރުވެރިންނާއި 751 ފަޅުވެރިން ވަނީ އައިސްފައެވެ.
ލަންކާގެ ކްރޫޒްލައިނާއެއް ރާއްޖެ އައިއިރު، މިއީ މިމަހުގެ ތެރޭގައި ރާއްޖެ އައި ދެ ވަނަ ކްރޫޒްލައިނާއެވެ. އެގޮތުން އެންމެ ފަހުން ސީޝެލްސް އިން ރާއްޖެއަށް އައި ކްރޫޒްލައިނާ އިން 576 ފަތުރުވެރި ޒިޔާރަތްކުރިއެވެ.
ދިވެހިސަރުކާރުން ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.
ފަތުރުވެރިކަމުގެ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް، 481،966 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 459،373 ފަތުރުވެރިންނެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 4.9 އިންސައްތަ އިތުރެވެ.

ކިޔުންތެރިންގެ ހިޔާލު