މެމްބަރު މީކާއީލް---
މެމްބަރު މީކާއީލް---
ދެ ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުކޮށްދީގެން ކަންބޮޑުވުން ފާޅުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ރައީސް އަބްދުއް ރަހީމަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސުވާލުކުރަން އޭނާ މަޖިލީހަށް ހާޒިރުކުރަން މިިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ނޯޓިސް ފޮނުވި ކަމަށެވެ.

އޭގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރުމަށް އޭނާ ހާޒިރުކުރަން 14 ޖެނުއަރީގައި ވެސް މީކާއިލް ނޯޓިސް ފޮނުވި އެވެ.

މީކާއީލް އެދިވަޑައިގެންފައި ވަނީ މިހާ ގިނަ ދުވަސްވީ އިރު ވެސް ދެ މިނިސްޓަރުން ހާޒިރުނުކުރާތީ އެކަން ނުވެގެން އުޅޭ ސަބަބު ސާފުކޮށްދެއްވުމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މެމްބަރަކަށް މިނިސްޓަރާ ސުވާލުކުރަން ބޭނުންނަމަ ލިޔުމުން ސުވާލު ހުށަހަޅައި 14 ދުވަހުގެ މުއްދަތު ދޭން ޖެހޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން