ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހާލުކޮޅު އެލޮން މަސްކުގެ ޓެސްލާ ރޮބޮޓަކަށްވުރެ ދަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، (އައްދު) ވިދާޅުވެއްޖެއެވެ.
އެމްޕީ އައްދު މިހެން ވިދާޅުވީ މަޖިލީހަށް ވަޒީރުން ހާޒިރު ކުރަން ހުށަހަޅައިގެން އެކަން ވާގޮތް ނުވާތީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އައްދުގެ ޕޯސްޓުގައި ވިދާޅުވީ މިއަހަރު ފެބްރުއަރީ 12 ވަނަ ދުވަހު އޭނާ މަޖިލީހަށް ވަޒީރަކު ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހެޅިކަމަށާއި، ނަމަވެސް މިއަދާހަމައަށްވެސް އެކަން ކުރެވޭ ގޮތް ފަހި ވެފައި ނުވާ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސްގެ ހާލަތު އެލޮން މަސްކުގެ ޓެސްލާ ރޮބޮޓަކަށްވުރެވެސް ދައްކަމަށް ސިފަކުރައްވަމުން އައްދު ވިދާޅުވީ މަޖިލިސް ފަންކްޝަން ކުރަން ޖެހޭ ގޮތަކަށް ނުކުރާ ކަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ މަޖިލިސް ތަޅުމުގައި ކުރާނެ ކަމެއް ނޯންނައިރު، ގަވާއިދުގެ ތެރެއިން ވަޒީރުން ހާޒިރުކޮށް މެމްބަރުން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ނުދެވެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އައްދު މިހެން ވިދާޅުވެފައި މިވަނީ ދެ ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުކޮށްދީގެން ކަންބޮޑުވުން ފާޅުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ރައީސް އަބްދުއް ރަހީމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
މީކާއިލް ވަނީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސުވާލުކުރަން އޭނާ މަޖިލީހަށް ހާޒިރުކުރަން މިިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ނޯޓިސް ފޮނުއްވާފައެވެ. އަދި މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރުމަށް އޭނާ ހާޒިރުކުރަން 14 ޖެނުއަރީގައި މީކާއިލް ނޯޓިސް އެއް ފޮނުއްވިއެވެ.
ނަމަވެސް މިހާ ގިނަ ދުވަސް ވީއިރުވެސް ދެ މިނިސްޓަރުން ހާޒިރު ކުރެވިފައިނުވާތީ އެކަން ނުވެގެން އުޅޭ ސަބަބު ސާފުކޮށްދެއްވުމަށް މީކާއިލް ވަނީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައެވެ.

ހަމަ މިހެން އަޅުގަނޑު 12 ފެބުރުއަރީ 2025 ވަނަ ދުވަހު ވަޒީރަކު ހާޒިރު ކޮށް ސުވާލު ކުރުމަށް ހުށައަޅައިގެން އަދާއި ހަމައަށް އެކަން ވަނީ ފަހިނުވެ. މަޖިލިސް ރައީސްގެ ހާލުކޮޅު އިލޮންމަސްކުގެ ޓެސްލާ ރޮބޮޓަކަށްވުރެން ދަށް، އޮޕަރޭޓުވަނީ ބަޔަކު އޮޕަރޭޓް ކުރިގޮތަކަށް އެބަޔަކު އޮޕަރޭޓް… https://t.co/ZdF4Sb4FR5
— Abdul Rahman (@MpAhdhu) March 13, 2025
އައްދު މިހެން ވިދާޅުވެފައި މިވަނީ ދެ ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުކޮށްދީގެން ކަންބޮޑުވުން ފާޅުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ރައީސް އަބްދުއް ރަހީމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
މީކާއިލް ވަނީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސުވާލުކުރަން އޭނާ މަޖިލީހަށް ހާޒިރުކުރަން މިިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ނޯޓިސް ފޮނުއްވާފައެވެ. އަދި މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރުމަށް އޭނާ ހާޒިރުކުރަން 14 ޖެނުއަރީގައި މީކާއިލް ނޯޓިސް އެއް ފޮނުއްވިއެވެ.
ނަމަވެސް މިހާ ގިނަ ދުވަސް ވީއިރުވެސް ދެ މިނިސްޓަރުން ހާޒިރު ކުރެވިފައިނުވާތީ އެކަން ނުވެގެން އުޅޭ ސަބަބު ސާފުކޮށްދެއްވުމަށް މީކާއިލް ވަނީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު