ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަނުކުރެވި 2023 ވަނަ އަހަރަށްވުރެ 2087 ވަޒީފާ އިތުރުވެފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީސީބީން މިއަދު ހާމަކޮށްފައިވާ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 34666 މުވައްޒަފުންނެވެ. ނަމަވެސް އެ ޢަދަދު 2024ގެ ދެވަނަ ކުއާޓާ ނިމުނުއިރު ވަނީ 36753 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ 2087 މުވައްޒަފުންގެ އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރުން ފަންޑުކުރާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު 2023 ނިމުނުއިރު ހުރީ 11144 ގައެވެ. އަދި އެޢަދަދު 2024ގެ ދެވަނަ ކުއާޓާ ނިމުނުއިރު ވަނީ 11559 އަށް އިތުރުވެފައެވެ.
ހަމައެއާއެކު ސެލްފް ސަފިޝިއެންޓް ކުންފުނިތަކުގައި 2023 ނިމުނުއިރު ތިބި 23522 މުވައްޒަފުންގެ ޢަދަދު 2024ގެ ދެވަނަ ކުއާޓާ ނިމުނުއިރު ވަނީ 25203 އަށް އިތުރުވެފައެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު އިތުރުވެފައިވާއިރު ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކުންފުނިތަކަށް އަންގާފައެވެ.
އެގޮތުން ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމަށާއި، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމަށް އަންގާފައިވެއެވެ. ހަމައެއާއެކު ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފަ އެވެ.
އޭގެއިތުރުން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރު ކުންފުނިތަކުގައި ތިބޭ ޓެކްނިކަލް މުވައްޒަފުން ފިޔަވައި ކުންފުނީގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އެންމެ ގިނަވެގެން ދެވޭނީ 90،000 ރުފިޔާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް ވެސް ވިދާޅުވެފައިވަނީ ދަޢުލަތުގެ ޢާމްދަނީ ދަށްވަމުން ދިޔަނަމަވެސް ޚަރަދު ކުޑަވާ މަންޒަރު ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު