އަޅުގަނޑުމެންގެ ތެރޭގައި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ވަރަށް ގިނައެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ނަފްސާނީ މައްސަލަތައް ދިމާވަނީ ތިމާގެ މާހައުލާއި ދިރިއުޅުމުގެ ތަޖުރިބާތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް މިކަމުގައި ޖެނެޓިކްސް ވެސް ބޮޑު ރޯލެއް އަދާ ކުރެއެވެ.
ތަފާތު އެކިކަހަލަ ނަފްސާނީ މައްސަލަތައް ވާރުތަ ވަނީ ބައްޕައިންގެ ފަރާތުން ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ ހޯދިފައެވެ.
މޮލެކިއުކާ ސައިކެއިޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ފިރިހެނުން މާ ސްޓްރެސް ބޮޑުކޮށް އުޅޭނަމަ، އެކަމުގެ ސަބަބުން ފިރިހެނުންގެ ދަރިފަނީގައި އެ ބައޯކެމިކަލް މާކަރުތައް ހުރެއެވެ. އަދި މިކަން އެމީހުންނަށް ލިބޭ ދަރިންނަށް ވާރުތަވާކަން މި ދިރާސާއިން ވަނީ ހޯދިފައެވެ.
މިކަން މިގޮތަށް ދިމާވަނީ ސްޓްރެސްގެ ސަބަބުން ނަންކޯޑިން އާރްއެންއޭ (އެންސީއާރްއެންއޭ) މޮލިކިއުލްތަކަށް ބަދަލުތަކެއް އަންނާތީއެވެ. މި މޮލިކިއުލްތަކަކީ ޖީން ރެގިއުލޭޓު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރާ މާއްދާތަކެކެވެ.
ދިރާސާއިން ހޯދުނު ގޮތުގައި ފިރިހެނުންގެ ދަރިފަންޏަށް މި އަންނަ ބަދަލުތަކުގެ ސަބަބުން ދަރިންގެ ސްޓްރެސް ރެސްޕޮންސް ސިސްޓަމަށް އަސަރުކުރެއެވެ. އަދި އެކަމުގެ ސަބަބުން ދަރިންނަށް ނަފްސާނީ ބޮޑު ބަދަލުތަކަކާއި، ސްޓްރެސް ފަދަ މައްސަަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރުވެއެވެ.
މި ދިރާސާއިން ހޯދިފައިމިވަނީ ވަރަށްވެސް މުހިންމު މައުލޫމާތުތަކެކެވެ. މި ދިރާސާގެ ސަބަބުން ނަފްސާނީ މައްސަލަތައް އެއް ޖީލުން އަނެއް ޖީލަށް ފެތުރޭ ގޮތްތައް މިވަނީ ހާމަވެފައެވެ. އަދި މި ދިރާސާގެ އަލީގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އާ ގޮތްތަކެއް ހޯދުމުގެ މަގުވެސް ފަހިވެގެންދެއެވެ.
މަސްދަރު: ޓައިމްސްއޮފްއިންޑިއާ

ކިޔުންތެރިންގެ ހިޔާލު