ކިޑްނީގެ ބަލިތަކަކީ ދުނިޔޭގެ އެކި ކަންކޮލޫތަކުގެ މީހުންގެ މެދުގައި ވަރަށް އާންމު، އަދި ގިނަބަޔަކު ތަހައްމަލު ކުރަމުންދާ މައްސަލަތަކެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމަކަށްވީއިރު، ކިޑްނީ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ ހަށިގަނޑުގައި ފެން މަދުވުމާއި، ލޭމައްޗަށް ދިއުމާއި، ޑައިބެޓީސް ހުރުން އަދި އުމުރުން ދުވަސްވުމެވެ. ކިޑްނީ މައްސަލަތަކުން ރައްކާތެރިވާން ބޭނުންވާނަމަ ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް ގެނައުމަކޯ ވަރަށް މުހިންމު ކަމެކެވެ.
އެގޮތުން ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ގިނައިން ފެން ބުއިމަށް އާދަކުރުމެވެ. ފެން ބުއިމުން ކިޑްނީ ފްލަޝް ކުރުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކުރުމަށް އެހީވެދެއެވެ. ވީމާ ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ތަށި ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޑްނީގެ ބަލިތަކުން ރައްކާތެރިވާން ބޭނުންވާނަމަ ދެން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރުމެވެ. ގިނައިން ލޮނު ބޭނުން ކުރާނަމަ އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެއެވެ. އަދި މިކަމުގެ ސަަބަބުން ކިޑްނީގެ ތަފާތު މައްސަލަތައް ދިމާވެއެވެ.
މީގެ އިތުރުން ކިޑްނީގެ ބަލިތަކުން ރައްކާތެރި ވާން ބޭނުންވާނަމަ ސިނގިރޭޓު ބުއިން ހުއްޓާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުލާމު ކުރުމުންވެސް ހަށިގަނޑުގެ ލޭ ދައުރުވުމުގެ ނިޒާމަށް އަސަރުތަކެއް ކުރެއެވެ. އަދި ލޭގެ ޕްރެޝަރު މަތިވެއެވެ. ވީމާ ކިޑްނީގެ ބަލިން ދުރުހެލިވާން ބޭނުންވާނަމަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޑްނީގެ ސިއްހަތު ބެލެހެއްޓުމަކީ މުޅި ހަށިގަނޑުގެ ސިއްހަތު ދުޅަހެޔޮ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މަތީގައި ހިމަނާފައިވާ ބަދަލުތައް ގެނައުމުން ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ. އެހެންނަމަވެސް، އެއްވެސް ކަހަލަ ކިޑްނީގެ މައްސަލައެއް ހުރިކަމަށް ޝައްކުކުރެވޭނަމަ، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު