އަހުޒަމް އަޙްމަދު   17 މާރިޗު 2025 - 11:29
އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރުގެ މަގާމުން އިސްތިއުފާ ދެއްވި އިމާދު
އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރުގެ މަގާމުން އިސްތިއުފާ ދެއްވި އިމާދު
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އިސްތިއުފާ ދެއްވައިފި އެވެ.

އިމާދު މަގާމުން އިސްތިއުފާ ދެއްވިކަން "ރަސް" އަށް ވަނީ ކަށަވަރުވެފަ އެވެ.

އިމާދު މަގާމުން އިސްތިއުފާ ދެއްވިއިރު ނިމިގެން ދިޔަ ހަފުތާގައި ވަނީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފަ އެވެ.

ގާނޫނީ ގޮތުން އިމާދުގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ފަސް ޖެހިފައިވާކަމަށް ބުނެ އިމާދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު އެވެ.

އިމާދު ވަކިކުރަން ހުށަހެޅި އިރު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުން އެކަން ކުރަން ނިންމާފައިވަނީ ފައިސާ ޗާޕުކޮށްގެން ނެވެ. ނަމަވެސް ޕީއެންސީން ބުނީ ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން