ފަޒީން
ފަޒީން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އިސްތިއުފާ ދެއްވައިފި އެވެ.

ފަޒީން އިސްތިއުފާ ދެއްވިކަން ބްރޯޑްކޮމްގެ އޮފިޝަލަކު "ރަސް" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ފަޒީން އިސްތިއުފާ ދެއްވިއިރު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ވަނީ މަސައްކަތް ފަށައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ވެސް ފާސްކޮށްފަ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނޯޓިސް ފޮނުވުމުން ފަޒީން ހާޒިރެއް ނުވެ އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ފަޒީން އައްޔަނުކުރީ 2021 ވަނަ އަހަރު އެވެ. ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވަނިކޮށް 19 ޖެނުއަރީ 2023 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން