ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެމްޑީޕީ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް މަދަނީ ދަޢުވާ އުފުލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި މައްސަލައިގައި ރައީސް ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކޯޓުގައި ތަމްސީލު ކުރަށްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އާޒިމާގެ ލޯފާމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރި ކޮށްފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ޤާނޫނު އަސާސީ އާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ދަރިކަލުންގެ ކިބައިން ނަގާލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
އެހެންކަމުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ ދަރިކަލުންގެ މަންމަ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ވަނީ މަންދީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލާގައި އާޒިމާ މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސްގެ އާއިލާއިން މަދަނީ ދައުވާ ކުރަށްވާ ފަރާތްތަކުގެ ތެރޭގައި އެވާހަކަ ދެއްކި މަރިޔަމް ޒުބައިރު އާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީ ހިމެނޭ ކަމަށެވެ. ނަމަވެސް ފައްޔާޒާއި އެމްޑީޕީގެ މައްސަށް މިހާތަނަށް ދަޢުވާ އުފުލާފައެއް ނުވެއެވެ.
މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ރައީސްގެ ޢާއިލާއިން މަދަނީ ކޯޓުގައި ދަޢުވާ އުފުލާފައިވާއިރު އީސީ އާއި އެޗްއާރުސީއެމުން ވެސް ވަނީ އެމައްސަލަ ކުށްވެރިކޮށް ބަޔާން ނެރެފައެވެ. ނަމަވެސް އެމްޑީޕީން ބުނަމުންދަނީ އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށެވެ.

— AzimaShakoor (@aminadhis) March 19, 2025

ކިޔުންތެރިންގެ ހިޔާލު