ދުނިޔޭގެ ދިރިއުޅުމުގައި ހިތާމަތަކާއި ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް ދަތި އުނދަގޫތައް ދިމާވާހިނދު އެކަމަކުން އަރައިގަނެ، އިހުސާސްތައް ކޮންޓްރޯލު ކުރަން އެނގެނީ މަދު ބަޔަކަށެވެ. މިގޮތަށް އިހުސާސްތަކުން އަރައިގަންނަން ނޭނގޭ މީހުންނަށް ނަފްސާނީ މައްސަލަތައް ދިމާވެއެވެ. އެގޮތުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑިޕްރެޝަން އެވެ.
ޑިޕްރެޝަން ދިމާވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ވެއެވެ. އެގޮތުން ރޭގަނޑު ހޭލާ ތިބޭ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ ހޯދިފައެވެ.
މިކަން މިހެން މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ރޭގަނޑު ހޭލާ އުޅުމުގެ ސަބަބުން އެމީހުން ކަންކަމާމެދު ވިސްނާ ވަރު އިތުރުވެ، އޭގެ ސަބަބުން އެމީހުންގެ ސިކުނޑީގައި ކަންބޮޑުވުމާއި ހިތްދަތިކަން އިތުރުވުމެވެ.
މީގެ އިތުރުން ރޭގަނޑު ހޭލާ އުޅޭ މީހުންނަށް އެކަހެރިކަމުގެ އިހުސާސް ބޮޑަށް ކުރެވި، އޭގެ ސަބަބުންވެސް ޑިޕްރެޝަން އަށް މަގުފަހިވާކަމަށް ދިރާސާއިން ދައްކައެވެ.
އަދި މީހާއަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމުގެ ސަބަބުންނާއި، ރޭގަނޑު ހޭލާހުރެ މާގިނައިން ކެވި، އެކަމުގެ ސަބަބުން އެފަދަ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ. އަދި މިކަމުގެ ސަބަބުންވެސް ފިކުރުބޮޑުވެ، ޑިޕްރެޝަންއަށް މަގުފަހިވާ ކަމަށް ދިރާސާއިން ވަނީ ހޯދިފައެވެ.
ވީމާ ޑިޕްރެޝަނުން ދުރުހެލިވާން ބޭނުންވާނަމަ ކޮންމެ މީހަކުވެސް ރޭގަނޑުގެ ހަމަ ނިދި ލިބޭތޯ ބަލަން ޖެހެއެވެ. އަދި ރޭގަނޑު ނިދަން އުނދަގޫވާނަމަ ޑޮކްޓަރަށް ދައްކައި އެ މައްސަލައަށް ހައްލެއް ހޯދަންވެސް މަސައްޖަތް ކުރަން ޖެހެއެވެ. އަދި ހަމަ އެހެންމެ ޑިޕްރެޝަންގެ އެއްވެސް ހިލަމެއް ވާނަމަ، ލަސްނުކޮށް އެހީ ހޯދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު