މަތިކިޅި އިކޯ ގާޑަންގައި އަލިފާން ރޯވެފައި--
މަތިކިޅި އިކޯ ގާޑަންގައި އަލިފާން ރޯވެފައި--
އައްޑޫ ސިޓީ މީދޫގައި ހުންނަ މަތިކިޅި އިކޯ ގާޑެންގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު އެތަނުގެ 60 ޕަސެންޓް އަނދާފައިވާ ކަމަށް އެތަން ބަލަހައްޓާ މަތިކިޅި ސޮސައިޓީއިން ބުނެފި އެވެ.

އެތަނުގައި އަލިފާން ރޯވީ އިއްޔެ ހެނދުނު 11:40 ހާއިރު އެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނީ ރޭ 10:30 ވާން އުޅެނިކޮށެވެ.

އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަތިކިޅި ސޮސައިޓީން ރޭ ފޭސްބުކްގައި ބުނީ މަތިކިޅީގެ ގްރާސް ފީލްޑްގެ ގާތްގަނޑަކަށް 60 ޕަސެންޓު އަނދައި އަޅިއަށް ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މިއީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި މަތިކިޅީގެ ގުދުރަތީ މާހައުލަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ވެސް އެ ސޮސައިޓީން ބުންޏެވެ.

"ގާތްގަޑަކަށް 6 މަސް ތެރޭގައި ގްރާސް ފީލްޑް ރިކަވަރވެދާނެއެވެ. އެހެންނަމަމަވެސް ކަނޑޮފިށި ހައި ވެޖެޓޭޝަން ލައިން ރިކަވަރ ވުމަށް އަހަރު ތަކެއް ނަގާނެއެވެ. އެތާގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަހާއި ދިއްގާ ގަހަކީ އެތައް އަހަރެއް ވެފައިވާ ގަސްގަހެވެ." މަތިކުޅި ސޮސައިޓީން ލިޔެފައިވެއެވެ.

އެ ސޮސައިޓީން އިތުރަށް ބުނީ އެ ތަނަކީ މިހާރު މާކާނައާއި ރާބޮނދި ފަދަ ދޫނިތަކުގެ ގުދުރަތީ މާހައުލެއް ކަމަށާއި އަދި މޫސުމީ ގޮތުން ހިޖްރަކުރާ ބައެއް ދޫނީތަކުގެ ވަގުތީ މަރުކަޒަކީ ވެސް އެތަން ކަމަށެވެ، އެހެން ނަމަވެސް އަލިފާނުގެ ހާދިސާއާ އެކު އެ ދޫނިތަކުގެ މާހައުލު ވެސް އަހަރު ތަކަކަށް ގެއްލިގެން ދިޔައީކަމަށް މަތިކިޅި ސޮސައިޓީން ބުންޏެވެ.

އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެތަނުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން