ރާއްޖޭގެ ހައި ކޯޓު، ފޮޓޯ: ގޫގުލް
ރާއްޖޭގެ ހައި ކޯޓު، ފޮޓޯ: ގޫގުލް
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތުލުމުގެ ފުރުސަތު މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ އެ ކޯޓުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް ކަމަށެވެ.

މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަގާމަށް އެދި ލިޔުންތައް ހުށަހަޅަން ވާނީ ފަހިރެސް ޕޯޓަލްގެ ލިންކު މެދުވެރިކޮށް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަށް އަސާސީ މުސާރައިގެ ގޮތުގައި 47000ރ ލިބިވަޑައިގަންނަވާނެއެވެ. އަދި ލިވިން އެލަވެންސް އަށް 18000ރ ލިބިވަޑައިގަންނަވާއިރު ރިސްކު އެލަންވެންސުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 3300ރ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސްއާ ހެލްތް އިންޝުއަރެންސްވެސް ފަނޑިޔާރައް ލިބިވަޑައިގަންނަވާނެއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަހީދު އިއްޔެ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމުންނެވެ. މިހާރު ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައިވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން