އަވަސް އަރުވާލައިގެން ކަންތައް ކުރާނަމަ އޭގެ ސަބަބުން ކާމިޔާބީއަށް ހުރަސް އެޅޭ، ގޫގުލް އިމޭޖެސް
އަވަސް އަރުވާލައިގެން ކަންތައް ކުރާނަމަ އޭގެ ސަބަބުން ކާމިޔާބީއަށް ހުރަސް އެޅޭ، ގޫގުލް އިމޭޖެސް
ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވާން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ކާމިޔާބު މީހުންނަށް އެހެން މީހުން އިހްތިރާމް ކުރާނެއެވެ. އަދި މުޖްތަމައު އެފަދަ މީހުން ބަލައިގަންނާނެއެވެ. ކާމިޔާބު މީހަކަށްވާން ގަދައަޅައި މަސައްކަތް ކުރިނަމަވެސް، ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން އެކަމަށް ހުރަސްއެޅެއެވެ. ތރީގައި މި ހިމަނާލަނީ އެފަދަ ބައެއް އާދަތަކެވެ.

އޯވާކޮންފިޑެންޓުވުން

އަމިއްލަ ނަފްސަށް އިތުބާރު ކުރުން، ނުވަތަ "ކޮންފިޑެންސް" އަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ވަރަށް މުހިންމު ސިފައެކެވެ. ނަމަވެސް މީހާ "އޯވާކޮންފިޑެންޓު" ވުމަކީ އޭގެ ސަބަބުން ކާމިޔާބީއަށް ހުރަސް އެޅޭ ކަމެކެވެ. އެފަދަ މީހުންނަކީ އަނެކާގެ ހިޔާލުތަކަށް ބަރޯސާ ނުވާ، އަދި ހަމައެކަނި އަމިއްލަ މީހާގެ ހިޔާލުތަކަކީ ރަނގަޅު ހިޔާލުތައްކަން ދެކޭ މީހުންނެވެ. މިފަދަ މީހުންނާއެކު އެހެން މީހުންނަށް މަސައްކަތް ކުރަން އުނދަގޫވެއެވެ. އަދި އޭގެ ސަބަބުން އެފަދަ މީހުންނަށް ދިރިއުޅުމުގައި ކާމިޔާބީއާ ހަމައަށް ވާސިލުވާން އުނދަގޫ ވެއެވެ.

އެހެން މީހުންގެ ހިޔާލަށް މާބޮޑަށް ބަރޯސާވުން

އެހެން މީހުންގެ ވިސްނުންތަކާއި ހިޔާލަށް މާ ބޮޑަށް ބަރޯސާ ވުމަކީވެސް ތިމާގެ އަމިއްލަ ކާމިޔާބީއަށް ހުރަސް އެޅޭ ކަމަކަށް ވެދާނެއެވެ. މިގޮތަށް އެހެން މީހުންގެ ހިޔާލަށް އަބަދު ބަރޯސާވާނަމަ އެމީހެއްގެ އަމިއްލަ ވިސްނުމާއި ނިންމުންތަކަށް ހުރަސްއެޅި، އަމިއްލައަށް ނިންމުންތައް ނިންމަން އުނދަގޫވެއެވެ.

އަވަސް ނަތީޖާ ބޭނުންވުން

ކަންކަމުގައި އަވަސް ނަތީޖާ ބޭނުން ވުމަކީވެސް އޭގެ ސަބަބުން ކާމިޔާބީއަށް ހުރަސްއެޅޭ ކަމެކެވެ. ކާމިޔާބީއަކީ ގިނަ ފަހަރަށް ދިގު މުއްދަތެއްގެ މަސައްކަތުގެ ނަތީޖާއެކެވެ. އަވަސް ނަތީޖާ ބޭނުންވާނަމަ ގިނަ ފަހަރު އެކަމެއް އަތަށް ގޮވައި، އޭގެ ސަބަބުން ތިމާގެ ކުރިއެރުމަށް ހުރަސް އެޅެއެވެ. އެހެންވެ ކާމިޔާބު މީހަކަށްވާން ބޭނުންނަމަ ކެއްތެރިކަމާއެކު މަސައްކަތް ކުރުމަށް ކޮންމެ މީހަކުވެސް އާދަކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން