ޔޫޓިއުބު ބަލައިގެން އަމިއްލައަށް ސަަޖަރީއެއް ހެދި މީހެއްގެ ސާޖަރީ ނާކާމިޔާބު ވުމުން ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މަތުރާގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 32 އަހަރުގެ ރާޖާ ބާބޫ އަމިއްލައަށް ބަނޑުގެ ސާޖަރީއެއް ކޮށްފައިވަނީ، ބަނޑުގައި ރިއްސާތާ މަސްތަކެއް ފާއިތުވެ، އެކަމަށް ޑޮކްޓަރުންގެ ފަރާތުން އެއްވެސް ހައްލެއް ނުލިބުމުންނެވެ.
އެގޮތުން އޭނާ ވަނީ ބަނޑުގައި ރިއްސާ ސަބަބު ދެނެގަތުމަށް އަމިއްލައަށް ޔޫޓިއުބު ވީޑިއޯއެއް ބަލައިގެން ސާޖަރީއެއް ކޮށްފައެވެ. ނަމަވެސް ބަނޑުގައި ރިއްސާ ސަބަބު ހާމަނުވުމުން އޭނާ އަމިއްލައަށް އެތަން ފަހައި ބަންދު ކުރި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ނަމަވެސް، އޭނާ މިކަން ކުރިތާ މާގިނައިރުތަކެއް ނުވަނީސް ތަދު އިތުރުވެ، އިތުރު ފަރުވާ ހޯދުމަށް އެ ސިޓީގެ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މިކަމުގެ ސީރިއަސް ކަން ފެނި، ޑޮކްޓަރުން އޭނާ އާގްރާގަައި ހުންނަ އެސްއެން މެޑިކަލް ހޮސްޕިޓަލަށް އަވަސް ފަރުވާއަށް ފޮނުވި ކަމަށް ރިޕޯޓުގައި ވެއެވެ.
އެސްއެން ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ މީޑިއާތަކުން ކުރި ރިޕޯޓުގައި ބުނެފައިވަނީ މީގެ 15 އަހަރު ކުރިން ރާޖާ ބާބޫ އެޕންޑިކްސް ސާޖަރީއެއް ކޮށްފައި ވީއިރު، އޭނާ އަމިއްލައަށް ގޭގައި ކުރި ސާޖަރީގެ ސަބަބުން އެތަން އަލުން ހުޅުވިފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންފެކްޝަން އުފެދި، އެ އިންފެކްޝަންގެ އަސަރު އެހެން ގުނަވަންތަކަށް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މިހާރު އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާއިރު، ޑޮކްޓަރުން ދަނީ ފަރުވާދެމުންނެވެ. އަދި އޭނާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ޑޮކްޓަރުން ދަނީ ކުރަމުންނެވެ.
މި ހާދިސާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ އަމިއްލައަށް ބޭސްފަރުވާ ކުރުމުގެ ނުރައްކާތެރިކަމެވެ. އަމިއްލައަށް ބޭސްފަރުވާ ކުރުމުގެ ބަދަލުގައި އަބަދުވެސް ޕްރޮފެޝަނަލް މެޑިކަލް އެހީތެރިކަން ހޯދަން ޖެހެއެވެ. އަދި ޔޫޓިއުބް ފަދަ ތަންތަނުގައި ހުންނަ މެޑިކަލް މައުލޫމާތުތަކަށް ބަރޯސާވުމުގެ ބަދަލުގައި އަބަދުވެސް ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު