ޣައްޒާގައި ވެރިކަން ކުރާ ހަމާސްގެ މިލިޓަރީ ވިންގް، އަލް ގައްސާމް ބްރިގޭޑްއިން އިސްރާއިލުގެ އިގުތިސާދީ މައި ސިޓީ، ތެލް އަވީވްއަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު މިދިޔަ ޖެނުއަރީ މަހު މެދު ކަނޑާލުމަށް ފަހު މީގެ ދެ ދުވަސްކުރިން ވަނީ އަލުން ފަށައި ކުރިއަށް ވުރެވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.
މީގެ ރައްދުގައި ތެލް އަވީވްއަށް ގިނަ އަދަދެއްގެ ރޮކެޓް ފޮނުވާލި ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.
އަދި އެއާއެކު އިސްރާއިލުގެ ބެން ގުރިއޯން އެއާޕޯޓްގެ ފްލައިޓްތަކަށް ވެސް ބުރޫ އެރިކަމަށް ހަމާސްއިން ބުނެފައި ވެއެވެ.
ހަމާސްއިން ފޮނުވާލި ރޮކެޓްތަކާ ހުރެ ތެލް އަވީވްގެ ބޮޑު ސަރަހައްދެއްގައި ސައިރަން އެޅި އެވެ. ނަމަވެސް އެ ހަަމަލާތަކުގައި ލިބުނު ސީދާ ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ތެލްއަވީވްއަކީ ޣައްޒާގެ ބޯޑަރު ސަރައްދަކަށް ނުވާއިރު އެ ސަރަހައްދު އޮންނަނީ ފުދޭވަރެއްގެ ދުރުގަ އެވެ. އެހެންވެ ތެލް އަވީވްއަށް ހަމަލާ ދެވޭ ވަރުގެ ގިނަ ދުރު ރާސްތާގެ ރޮކެޓާއި މިސައިލް ހަމާސްގެ ނުހުންނާތީ އެ ސަރަހައްދަށް އާންމުކޮށް ހަމަލާއެއް ނުދެއެވެ.
އިސްރާއިލުން އަލުން ގަތުލު އާންމު ފެށިފަހުން ވެސް ވަނީ ހާހެއްހާ އާންމު ރައްޔިތުން ޝަހީދުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު