ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ހިޔާ، އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި ހިޔާ އެޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާގޮތުން މި ބީލަމަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ކުރިއަށް ގެންދެވޭ ބީލަމެއް ކަމަށެވެ. އަދި މި ފުރުސަތު ޝަރުތުހަމަވާ އެންމެހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރު ދައްކަންޖެހޭ ކަމަށް މިނިސްޔްރީން ވަނީ ބުނެފައެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ އެހީގައި ހިންގާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.
އައްޑޫގައި މި ހިޔާ ގާއިމް ކުރެވުމުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު