ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ގޯސްވެފައިވާ ކަމަށް ބުނެ، އާއިލާތަކުން އެކަމާ ކަންބޮޑުވެ އިހުތިޖާޖު ކުރަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރުގެ ހާލަތު ބައްލަވައިލައްވަން އެ ސެންޓަރަށް މިއަދު ވަޑައިގެންފި އެވެ،
ލޭ ރައްކާކިށް ބެލެހެއްޓުމުގައި ފަރުވާ ކުޑަވެ މައްސަލަަތައް ގޯސްވެ، ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރީ ރޭގަ އެވެ.
މޯލްޑިވްސް ބްލަޑް ސާވިސްގެ އޮފިޝަލަކު "ރަސް" އަށް ވިދާޅުވީ ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވީ މިއަދު ކަމަށެވެ. އަދި އެ ސެންޓަރުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ބައްލަވަން ޖެހޭ ކަންކަން ބެއްލެވި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި ލޭ އަޅާ މީހުންނާ ބައްދަލު ކުރައްވައިފި އެމީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެެވެ.
ރައީސްގެ މި ޒިޔާރަތުގައި ތަނުގެ މުވައްޒަފުންނާއި އިސް ފަރާތްތަކާއި އަދި ލޭ އަޅާ މީހުންގެ ބެލެނިވެރިންނާ ބައްދަލު ކުރައްވައި މަރުކަޒުގެ ޚިދުމަތާއި ހިންގުން ހަރުދާނާ ކުރަން ކުރަންޖެހޭ ކަންކަން އޮޅުންފިލުއްވާ ހެއްދެވިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު