ފިރާގު މީގެ 13 އަހަރު ކުރިން ތެލެސީމިއާ ސެންޓަރު ކުރިމަތީ އިހުތިޖާޖު ކުރައްވަނީ--
ފިރާގު މީގެ 13 އަހަރު ކުރިން ތެލެސީމިއާ ސެންޓަރު ކުރިމަތީ އިހުތިޖާޖު ކުރައްވަނީ--
ތެލަސީމިޔާ މީހުންނަށް ދިމާވެފައިވާ ދަތިތައް ކޮޅުންލައިގެން ގޮސްފައިވަނިކޮށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާ މީގެ 13 އަަހަރު ކުރިން ތެލެސީމިއާ ސެންޓަރު ކުރިމަތީގައި ކުރެއްވި އިހުތިޖާޖުގެ ވާހަކަތައް ހިއްސާ ކުރައްވައިފި އެވެ.

ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކުއްޖެއްވެސް ހުންނަ ފިރާގު ފޭސްބުކްގައި ވަނީ ފޮޓޯތަކާއެކު އޭރު ތެލެސީމިއާ ސެންޓަރުގެ ކުރިމަތީ މުޒާހަރާ ކުރި ސަބަބު ވިދާޅުވެފަ އެވެ.

ފިރާގު ވިދާލުވީ މީގެ 13 އަހަރު ކުރިން ހަމަ ރޯދަ މަހެއްގައި އިހުތިޖާޖުކުރީ ލޭ ރައްކާކޮށްފައި ހުންނަ ހާއްސަ "ފްރީޒަރަށް"ކަރަންޓުގެ މައްސަލަތައް ދިމާވެ ލޭތައް ހަލާކުވެ އުކާލަން ޖެހޭ މައްސަލަ ބޮޑުވެގެން ކަމަށެވެ.

"އުންދަގުލުން ހޯދި ލޭތަކެއް އިސްރާފުވެގެން ދިޔަ އަދި އަޅުގަންޑުމެން އިހުތިޖާޖުކުރުމުން އޭރުގެ ރައީސް ޑރ ވަހީދު ޚާއްސަ ގޮތަކަށް އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމު މެދުވެެރިކޮށް ހައްލުތަކެއް ހޯދާދެއްވި." ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ފަހުން "ފްރީޒަރު" ގެ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް މިހާރު މައްސަަތައް ދިމާވެގެން އުޅެނީ ފިލްޓަރުތަކުގަ އެވެ. އޭގެން ފިލްޓަރުތަކުގައި މައްސަަލަ ޖެހުމުން ކުރިއެކޭ އެއްގޮތަށް ލޭތައް އުކާލަން ޖެހެނީ އެވެ.

އެހެންވެ ފިރާގު ވިދާޅުވީ މާލޭގައި ބޮކިފަތި ދެމުމަށް ވުރެން ތެލެސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅުކުރުން މާ މުހިންމު ކަމަށެވެ.

"[އޭރުން] މާރަނަގަޅުވާނެ މާ ހެޕީވާނެ." ފިރާގު ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރުގެ ހާލަތު ގޯސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސެންޓަރަށް ޒިޔާރަތްވެސް ކުރައްވައިފަ އެވެ. އަދި ބަލިމީހުންނާއި އާއިލާގެ މީހުންގެ ކަންބޮޑުވުންތައް އެއްސެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ އެ ކަންބޮޑުވުންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް އަންގަވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން