މަރްޔަމް ނަހްދާ ވަޙީދު   25 މާރިޗު 2025 - 4:23
އަބަދު ވަރިބަލިވުމަކީ އެނީމިއާގެ އަލާމާތެއް، ގޫގުލް އިމޭޖެސް
އަބަދު ވަރިބަލިވުމަކީ އެނީމިއާގެ އަލާމާތެއް، ގޫގުލް އިމޭޖެސް
އެނީމިއާ އަކީ ލޭގައި ހުންނަ ހީމޮގްލޮބިންގެ މިންވަރު މަދުވުމުގެ ސަބަބުން މެދުވެރިވާ ބައްޔެކެވެ. ހީމޮގްލޮބިންއަކީ ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޓީނެކެވެ. އެނީމިއާގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ލިބުމަށް ދަތިވެ އޭގެ ސަބަބުން ސިއްހަތައް ގެއްލުން ވެއެވެ. މި މައްސަލަ ހުންނަ މީހުންގެ ހަށިގަނޑުން ތަފާތު އަލާމާތްތައް ފެންނާނެއެވެ.

އެގޮތުން ބަލާއިރު ފެންނަ އެންމެ އާންމު އަލާމާތަކީ މީހާއަށް މާބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވުމެވެ. މިއީ ހަށިގަނޑުގެ އެކި ހިސާބުތަކަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މީގެ ސަބަބުން އެމީހަކަށް އެންމެ އާދައިގެ މަސައްކަތްތައް ކުރުމަށްވެސް އުނދަގޫވެއެެވެ.

އެނީމިއާ ހުންނަ ނަމަ ދެން ފެންނާނެ އަލާމާތަކީ މީހާގެ ނޭވާ މާ ބޮޑަށް ކުރުވުމެވެ. މިކަން މިހެން ދިމާވަނީ ހަށިގަނޑުގައި ހީމޮގްލޮބިން ހުންނަ ވަރު މަދުވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ފޯރުކޮށް ނުދެވޭތީއެވެ.

މީގެ އިތުރުން ކާއެއްޗެހީގެ ރަހައަށް ބަދަލު އައުމަކީވެސް އެނީމިއާގެ ނިޝާނެކެވެ. މިކަން މިހެން ވަނީ އެނީމިއާގެ ސަބަބުން ދޫ މާ ބޮޑަށް ދުޅަވާތީއެވެ. މި މައްސަލައަށް ޑޮކްޓަރުން ކިޔާ އުޅެނީ އެޓްރޯފިކް ގްލޮސައިޓިސްއެވެ. މި މައްސަލަަ ދިމާވުމުން ކާއެއްޗެހީގެ ރަހައަށް ބަދަލުތަކެއް އާދެއެވެ.

މަތީގައިވާ އަލާމާތްތަކުގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އެނީމިއާއަކީ ފަރުވާކުރެވޭނެ ބައްޔެކެވެ. ނަމަވެސް އަވަހަށް ފަރުވާ ނުކޮށްފިނަމަ، އެކި ކަހަލަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން