މޯލްޑިވްސް ތެލެސީމިއާ ސެންޓަރުގެ ބައެއް އިސް ފަރާތްތައް މަގާމުން ވަކިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ އަހްސަން ހުސައިން އާއި، ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓާ ފައިސަލް އިބްރާހީމް ވަނީ މަގާމުން ވަކިކޮށްފައެވެ.
ތެލެސީމިއާ ސެންޓަރުގެ އިސްފަރާތްތަކެއް މަޤާމުން ވަކި ކޮށްފައިވާއިރު މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމަށް އަހްމަދު މައުސޫމް އިއްޔެ ވަނީ އައްޔަނުކޮށްފައެވެ.
ތެލެސީމިއާ ސެންޓަރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާއާއި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ރައީސް މިގޮތަށް ނިންމެވީ ތެލެސީމިއާ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭތީ ތެލެސީމިއާ ބަލީގެ މީހުންނާއި އެ މީހުންގެ އާއިލާގެ މެންބަރުން އެ ސެންޓަރުންގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރުމާ ގުޅިގެންނެވެ.
މުޒާހަރާއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އާދިއްތަ ދުވަހު އެ ސެންޓަރުގެ ހާލަތު ބައްލަވާލައްވަފައެވެ.

ކިޔުންތެރިންގެ ހިޔާލު