މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: ގޫގުލް
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: ގޫގުލް
ސިޔާސީ ހިޔާލު ފާޅުކުރުންތަކުގައި އިންސާނީ ކަރާމަތަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރަ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި އޯޓިޒަމް އާއި ޑައުންސިންޑްރޯމްއާ ގުޅުވައި ހަޖޫ ޖެހި މައްސަލައަކާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވީ އޯޓިސްޓިކު ކުދިންނާއި ޑައުންސިންޑްރޯމު ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، ކަރާމަތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައިވެސް މިފަދަ ދެރަވަރު އަމަލުތައް ހިންގައިގެން ނުވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)، އޯޓިޒަމް އާއި ޑައުންސިންޑްރޯމްއާ ގުޅުވައި ހަޖޫ ޖެހިތަން ފެންނަ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޕްރޮގްރާމުގައި އޯޓިސްޓިކް އަދި ޑައުންސިންޑްރޯމް ކުދިންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތައް ކުށްވެރި ކޮށްފައެވެ. އަދި އޯޓިޒަމް އާއި ޑައުންސިންޑްރޮމް ފަދަ މައުޟޫތައް ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން