ލޮލުގެ ސިއްހަތު ރަނގަޅުތޯ ބަލަން ޓެސްޓު ކުރަނީ، ގޫގުލް އިމޭޖެސް
ލޮލުގެ ސިއްހަތު ރަނގަޅުތޯ ބަލަން ޓެސްޓު ކުރަނީ، ގޫގުލް އިމޭޖެސް
ލޮލަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ގުނަވަނެވެ. ނަމަވެސް މާގިނައިން ސްކްރީންތަކަށް ބެލުމުގެ ސަބަބުންނާއި، ނުރައްކާތެރި އަލި ލޮލަށް އެޅުމުގެ ސަބަބުން ލޮލުގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް، އޭގެ ސަބަބުން ލޮލުގެ ފެނުން ދައްވާ ފަހަރުވެސް އާދެއެވެ. މިފަހަރު މި ހިމަނާލަނީ މިކަމުން ދުރުވެ، ލޮލުގެ ސިއްހަތު ރަނގަޅު ކުރުމަށް ބޭނުންކުރަންވީ ބައެއް ވިޓަމިންތަކެވެ.

ވިޓަމިން އޭ

ވިޓަމިން އޭ އަކީ ލޮލުގެ ސިއްހަތަށް ވަރަށް މުހިންމު ވިޓަމިނެކެވެ. މިއީ ރެޓިނާގެ ސިއްހަތު ރަނގަޅުކޮށް، ރޭގަނޑު ފެނުމުގެ ގާބިލުކަން އިތުރުކޮށްދޭ ވައިޓަމިނެކެވެ. މީގެ އިތުރުން މިއީ ލޮލުގެ ކަރުނަ ހިކުން ފަދަ މައްސަލަތަކުން ދުރުކޮށްދިނުމަށް އެހީވެދޭ ވިޓަމިނެކެވެ. ވިޓަމިން އޭ އެކުލެވޭ ބައެއް ބާވަތްތަކުގެ ތެރޭގައި ކެރެޓު، ކައްޓަލަ، އަދި ސްޕިނެޗްފަދަ ބާވަތްތައް ހިމެނެއެވެ. ވީމާ ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންވާނަމަ މި ބާވަތްތައް ކެއުމުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.

ވިޓަމިން ސީ

ވިޓަމިން ސީ އަކީ ވަރަށް ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. މި ބޭނުން ކުރުމުން ފްރީ ރެޑިކަލްތަކާ ދެކޮަޅަށް މަސައްކަތް ކޮށް ހަށިގަނޑު އޮކްސިޑޭޓިވް ސްޓްރެސްއިން ދުރު ކޮށްދެއެވެ. މިކަމުގެ ސަބަބުން ކެޓެރެކްޓުތަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާ ލޮލުގެ މައްސަލަތަކުން މީހާ ރައްކާތެރިވެއެވެ. ވިޓަމިން ސީ އެކުލެވޭ ބައެއް ބާވަތްތަކުގެ ތެރޭގައި ހުތް މޭވާގެ ބާވަތްތަކާއި، ޓޮމާޓޯ އަދި ބެލް ޕެޕާ ފަދަ ބާވަތްތައް ހިމެނެއެވެ. ވީމާ ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންވާނަމަ މި ބާވަތްތައް ކެއުމުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.

ބީ ވިޓަމިންތައް



ބީ ވިޓަމިން، ހާއްސަކޮށް ބީ6، ބީ9 އަދި ބީ12 އަކީ ލޮލުގެ ސިއްހަތު ރަނގަޅު ކުރުމުގައި ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. މި ވިޓަމިންތައް ބޭނުން ކުރުމުން ލޮލުގެ ނާރުތައް ރައްކާތެރިކޮށްދީ، އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާ ލޮލުގެ މައްސަލަތަކުން މީހާ ރައްކާތެރި ކޮށްދެއެވެ. ބީ ވިޓަމިން އެކުލެވޭ ބައެެއް ބާވަތްތަލުގެ ތެރޭގައި ބްރައުން ރައިސް، އޯޓްސް، މުގު، ބީންސް، ކިރު އަދި ޗީޒް ހިމެނެއެވެ. ވީމާ ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންވާނަމަ މި ބާވަތްތައް ކެއުމުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން