ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އިސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
ޕާކިސްތާނުގެ އަތް ދަށުން ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގައެވެ. އަދި މިއަދަކީ އެ ގައުމުގެ މިނިވަންކަމަށް 54 ވަނަ އަހަރު ފުރުނު ދުވަހެވެ.
އެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑޮކްޓަރު މުހައްމަދު ޔޫނުސް އަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
އަދި ޝާހާބުއްދީނާއި ޔޫނުސްއަށް ވަކިވަކިން ރައީސް ފޮނުއްވި ސިޓީފުޅުގައި ތަފާތު ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދެ ގައުމަށް ވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި އެ ގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަޤީންކަން އެބައޮތް ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަކީ މިހާރު ވެސް ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ލޭބަރުން މަސައްކަތް ކުރަމުންދާ ގައުމެެކެވެ.

ކިޔުންތެރިންގެ ހިޔާލު