މި ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ޒަމާނެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ޓެކްނޮލޮޖީ އެކުލެވި، ދިރިއުޅުމުގެ ބަޔަކަށް "ޑިޖިޓަލް ފުޓްޕްރިންޓު" މިވަނީ ވެފައެވެ. މިހެން މިކަން އޮތް އިރު، މިކަމުގެ ނާޖާއިޒު ފައިދާ ނަގައި މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ނަގާ މީހުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އެހެންކަމުން، މިފަދަ ސްކޭމްތަކުން ރައްކާތެރި ވެވޭނެ ގޮތްތައް ކޮންމެ މީހަކަށްވެސް އެނގެން ޖެހެއެވެ.
ޑިޖިޓަލް ސްކޭމްތަކުން ރައްކާތެރިވާން ބޭނުންވާނަމަ ވަރުގަދަ ޕާސްވޯޑުތައް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ މީހަކުވެސް ގެންގުޅޭ އެކައުންޓުތަކަށް ވަރުގަދަ އަދި ތަފާތު ޕާސްވޯޑު ބޭނުން ކުރަން ވަރަށް މުހިންމެވެ. އަދި އެކި އެކައުންޓުތަކަށް ތަފާތު ޕާސްވޯޑުތައް ބޭނުން ކުރުމަށްވެސް ސަމާލުވާން ޖެހެއެވެ. މިހެން ހެދުމުން އެކައުންޓުތަކުގެ ސެކިއުރިޓީ ބޮޑުވެ، ސްކޭމް ހިންގާ ފަރާތްތަކަށް އެކަން ކުރަން އުނދަގޫވެއެވެ.
އަދި ސޯޝަލް މީޑިއާގެ ޕްރައިވެސީ މަތި ކުރުމަކީވެސް ޑިޖިޓަލް ސްކޭމްތަކުން ރައްކާތެރި ވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އެގޮތުން ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕްރައިވެސީ ސެޓިން ދުވަހުން ދުވަހަށް ޗެކް ކުރުމަކީ މުހިންމު ކަމެކެވެ. އަދި އެމީހެއްގެ ޒާތީ މައުލޫމާތު ހަމައެކަނި އިތުބާރު ކުރެވޭފަދަަ މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.
މީގެ އިތުރުން ޝައްކުވާ އީމެއިލްތަކާ ދުރުހެލި ވުމަކީވެސް ޑިޖިޓަލް ސްކޭމްތަކުން ރައްކާތެރި ވުމަށް ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެކެވެ. އެގޮތުން ނޭނގޭ ފަރާތްތަކުން ފޮނުވާ މެއިލްތަކާއި ލިންކުތަކާ ދުރުހެލިވެ، އެފަދަ މެއިލްތައް ފެންނަ އިރަށް ޑިލީޓު ކުރުމަށް ކޮންމެ މީހަކުވެސް ސަމާލުކަން ދޭން ޖެހެއެވެ. އަދި އަމިއްލަ މައުލޫމާތު ހިއްސާކުރުމުގެ ކުރިން އެ ފަރާތަކީ ކޮބައިކަން ޔަގީން ކުރުމަކީވެސް މުހިންމު ކަމެކެވެ.
މަތީގައި ހިމަނާފައި މިވާ ކަންތައްތަކަކީ ޑިޖިޓަލް ދުނިޔޭގައި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަންކަމެވެ. ތަފާތު އެކިކަހަލަ ސްކޭމްތައް އިތުރުވެފައިވާ މި ޒަަމާނުގައި، ފައިސާއާއި އަމިއްލަ މައުލޫމާތު ރައްކާތެރި ކުރަން ބޭނުންވާނަމަ މިކަންތައް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު