އައްޑޫ ސިޓީގެ އިންޖީނުގެ، ސްޓެލްކޯއާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލު ހޯދައި ދެވިފައި ނުވާތީ އައްޑޫގައި ކަރަންޓުގެ ހިދުމަތްދޭ ފެނަކައަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.
އަސްލަމް ރޭ އެކްސްގައި ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގާބިލުކަމެއް ފެނަކައިގައި ނެތް ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ އައްޑޫ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން" ނިމިގެން ދިޔަ ދައުރުގައި އައްޑޫގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަސްލަމް ވިދާޅުވި އެވެ.
އައްޑޫ ސިޓީ އަށް ކުރިމަތިވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރާނެކަމަށް ކުރިން ފެނަކައިން އޮތީ ބުނެފަ އެވެ. އަދި އެ މައްސަލަަ ހައްލު ނުކުރެވިއްޖެނަމަަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ފެނަކައިގެ އެމްޑީ މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް އޮތީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުހޯދެއެވެ.

ކިޔުންތެރިންގެ ހިޔާލު