ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 38 ރައްޔިތުން ޝަހީދުވެއްޖެއެވެ.
އިސްރާއީލުން މާރިޗު 18 ގައި ހަމަލާތައް އަލުން ފެށި ފަހުން މިހާތަނަށް ޣައްޒާގައި 855 މީހުން ޝަހީދުވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 50،208 އަށް އަރާފައެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއާއި ހަމާސްގެ އިސް އޮފިޝަލެއް މައުލޫމާތު ދިން ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ އުތުރު ޣައްޒާގައި ދިން ވަކި ވަކި ހަމަލާތަކެއްގައި ހަ މެންބަރުންގެ އާއިލާއަކާއި ހަމާސްގެ ތަރުޖަމާނެއް ޝަހީދުވެފައިވެއެވެ.
މި ހަމަލާތަކުގެ އިތުރުން، ލުބުނާނުގެ ދެކުނުގައި އިސްރާއީލުގެ ޑްރޯން ހަމަލާތަކުގައި މަދުވެގެން ހަ މީހުން މަރުވެފައިވާ ކަމަށް ލުބުނާންގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.
މިސުރު މެދުވެރިއެއްގެ ގޮތުގައި އޮވެ ކުރިއަށްދާ ހަނގުރާމަ ހުއްޓުމުގެ މަޝްވަރާތަކުގައި އިސްރާއީލުން އައު ހުށަހެޅުމަކާމެދު އިޖާބީ އިޝާރާތްތަކެއް ދީފައިވާ ކަމަށް ސަލާމަތީ ކަންކަމުގެ މައުލޫމާތު ދޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިޔާ، ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ. މި ހުށަހެޅުމުގައި ހަމާސްއިން ހަފްތާއަކު ފަސް އިސްރާއީލީ އަސީރުން ދޫކުރުން ހިމެނޭ ކަމަށްވެސް މި މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު