ރުއިމަކީ އިންސާނާގެ އިހުސާސްތަކުގެ ތެރެއިން އެއް އިހުސާސެވެ. މިއީ ހަމައެކަނި ހިތާމައިގެ ސަބަބުން ވާކަމެއް ނޫނެވެ. ބައެއް ފަހަރު މާބޮޑަށް އުފާވުމުންވެސް މީހާއަށް ރޮވެއެވެ. މިއީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށްޓަކައި ވަރަށްވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން އެމީހަކަށް ގިނަގުނަ ފައިދާތަކެއްވެސް ލިބެއެވެ.
ރުއިމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްޓްރެސް ކުޑަވުމެވެ. ރުއިމަކީ ހަށިގަނޑުގައިވާ ސްޓްރެސް ބޭރުކޮށްލަން އޮތް މަގެއް ކަމަށް ދިރާސާތަކުންވެސް ދައްކައެވެ. ލޮލުން އޮހޮރޭ ކަރުނަތަގައި ސްޓްރެސް ހޯމޯނު ކަމަށްވާ ކޯޓިސޮލް އެކުލެވެއެވެ. އަދި މިހެންވެ ރޯ ކޮންމެ އިރަކު ސްޓްރެސް ހޯމޯނުތައް ބޭރުވެ، މީހާ ސްޓްރެސް އާ ދުރުކޮށްދެއެވެ. އަދި އޭގެ ސަަބަބުން ސިކުނޑިއަށްވެސް ލުޔެއް ލިބެއެވެ.
ގިނައިން ރުއިމުން ލިބޭ އަނެއް ފައިދާއަކީ ނިދުން ރަނގަޅުވުމެވެ. މާ ގިނައިން ރުއިމުން ނިދި އަންނަ ކަން ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭނެއެވެ. މިކަން މިހެން ވަނީ ރުއިމުގެ ސަބަބުން ސްޓްރެސް ހޯމޯނު ބޭރުވެ، މީހާގެ ހަށިގަނޑު ހަމައަކަށް އެޅޭތީއެވެ.
މީގެ އިތުރުން ރުއިމަކީ މީހާގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދޭ ކަމެކެވެ. މިކަން މިހެން ވަނީ ރުއިމުގެ ސަބަބުން ހަށިގަނޑުގައި ލައިސޯޒައިމް އިތުރުވާތީއެވެ. ލައިސޯޒައިމް އަކީ ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް މަރާލުމުގައި އެހީތެރިވެދޭ އެންޒައިމެކެވެ. އެހެންވެ، ރުއިމުގެ ސަބަބުން މި އެންޒައިމު ހަށިގަނޑުގައި ގިނަވެ، އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް މަރުވެއެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަ ވެއެވެ.
މިކަންކަމުންވެސް އެނގެނީ ރުއިމަކީ ހަށިގަނޑަށް ވަރަށްވެސް ފައިދާ ހުރި ކަމެއް ކަމެވެ. އެހެންވެ، ގަދަ ހަދާލައިގެން ނުރޮއި ހުންނަން މަސައްކަތް ކުރާކަށް ނުޖެހެއެވެ. ނޫނީ ރޯން ލަދުގަންނާކަށްވެސް ނުޖެހެއެވެ. މިއީ މީހާގެ އިހުސާސްތައް ފާޅުކުރެވޭނެ ގޮތެކެވެ. އެހެންވެ، ދެންވެސް ރޯން ބޭނުންވާ ހިނދެއްގައި ފަސް ނުޖެހި އެކަން ކުރެވޭތޯ ބަލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު