ރޭ ދަންވަރުގެ ވަގުތެއްގައި މިޔަންމާއަށް އިތުރު ބިންހެލުމެއް އައިސްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މިޔަންމާއަށް އަނެއްކާވެސް 4.2 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެެވެ.
މި ބިންހެލުން އައިސްފައި މިވަނީ އެ ގައުމަށް 7.7 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އައިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އެ ބިންހެލުމުގެ އަސަރު ކައިރި ގައުމުތަކަށްވެސް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ތައިލޭންޑާއި، ވިއެޓްނާމްވެސް ހިމެނެއެވެ.
ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ގުޑުން އަރައި، ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އަދި މި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 150 އަށް އަރާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާ ކުރެވޭކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާއިން ދަނީ 15 ޓަނުގެ އެހީ އެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާއާއި ޗައިނާއިންވެސް ވަނީ އެގައުމަށް އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު