މަރުވެފައި އޮއްވާ ފެނުނު މީހާ ގެންދަނީ
މަރުވެފައި އޮއްވާ ފެނުނު މީހާ ގެންދަނީ
މާލޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި 60 އަހަރުގެ ދިވެހި ފިރިހެނަކު އޮތްކަމުގެ މައުލޫމާތު ރޭ މެންދަމު 12:22 ކަންހާއިރު ރިޕޯޓްކުރި ކަމަށެވެ.

އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

އެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން