އީދު ދުވަހު އެކަނިވެސް ޣައްޒާގައި އިސްރާއީލުން 64 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި ފިތުރު އީދުގެ ފުރަތަމަ ދުވަހު އިސްރާއީލު ސިފައިން ޣައްޒާގައި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 64 މީހުން ވަނީ މަރާލާފަ އެވެ.
ގެއްލިގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ފަހުން އިއްޔެ ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ވަނީ އަށް މެޑިކްސް އާއި ފަސް ސިވިލް ޑިފެންސް ވޯކަރުންނާއި އދ.ގައި މަސައްކަތް ކުރާ މީހެއްގެ ހަށިގަނޑުވެސް ހޯދާފައެވެ. މި މީހުންނަކީ އިސްރާއީލުގެ ހަމަލާއަކަށްވެސް ގެއްލިގެން ހޯދަން ފެށި މީހުން ތަކެކެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން ވަނީ މި ހާދިސާ އާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ ޖަމާއަތުން ބުނީ މިއީ 2017 ވަނަ އަހަރަށް ފަހު މުޅި ދުނިޔޭގައިވެސް އެ ޖަމިއްޔާގެ މަސައްކަތްތެރިންނަށް ދިން އެންމެ ވަރުގަދަ މަރުގެ ހަމަލާ ކަމަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 50،277 ފަލަސްތީނު މީހުން މަރުވެ 114،095 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މީގެ ދެ މަސް ވަރު ކުރިން މަރުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް ވަނީ އަޕްޑޭޓްކޮށްފައެވެ. އަދި އިމާރާތްތަކުގެ ދަށަށް ގެއްލިފައިވާ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު