ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު
ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށް ހަދާ ހޯޕް އައިލެންޑް ތަރައްޤީ ކުރާނީ ގިރާވަރު ފަޅުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ސިއްދީގު ވިދާޅުވީ ހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލު ކޮށްފައިވަނީ އެ ސެންޓަރު ދ. ވާނީގައި ތަރައްގީކުރުމަށް، ކުރެހުންތަކާ ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމުމަށްފަހު ކަމަށެވެ.

އަދި އެގޮތަށް އެބަދަލު ގެނައުމަށް ނިންމީ މާލެ ކައިރި ތަނަކަށް ހޯޕް އައިލެންޑް ބަދަލުކުރުމުން ޚަރަދުގެ ގޮތުން ހުރި ގޮންޖެހުންތަކަށްވެސް ޙައްލެއް ލިބޭތީކަމަށް ސިއްދީގު ވިދާޅުވެފައިވެއެވެ.

700 އެއްހާ މީހުންގެ ޖާގައިގެ ހޯޕްއައިލެންޑް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި ސިއްހީ ހިދުމަތް ދޭނެ ތަންތަނާއެކު ކަމަށާއި އެތަނުގައި މުދައްރިސުންނާއި ފުލުހުންނާއި ކުޅިވަރު އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

ހޯޕް އައިލެންޑް ތަރައްޤީ ކުރުމަށް ގިރާވަރު އުތުރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި 18 އަހަރު ވަންދެން އުޅޭ ކުދިން ސަލާމަތީ ޚިދުމަތްތަކުގައި ވަކި މުއްދަތެއް ވަންދެން ހިދުމަތްކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން