ޣައްޒާގެ ރަފާއިން މީހުން ހުސްކުރަން ނިރުބަވެރި އިސްރާއީލުން މަޖުބޫރުކުރުވަމުންދާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.
ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ދަނީ ރަފާހު ސިޓީގައި އުޅޭ ފަލަސްތީން ރައްޔިތުންނަށް އެކި ގޮތްގޮތުން އަނިޔާތައް ކުރަމުންނެވެ. އެގޮތުން ސިފައިން ދަނީ ރަފާހުގެ ރައްޔިތުން އެމީހުންގެ ގެތަކުން ނުކުތުމަށް މަޖުބޫރު ކޮށް އިމާރާތްތަކަށް ބޮންއަޅައި މަގުމަތީގައި ތިބޭ މީހުން ގަޔަށް ބަޑިޖަހަމުންނެވެ.
އިސްރާއީލުގެ ސިފައިންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ރަފާހު ސިޓީން 34 މީހުން ވަނީ މަރާލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ގިނައިން މަރުވަނީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތައް ލިބެއެވެ.
ފަލަސްތީނުގެ އިތުރަށް އިސްރާއީލުން ދަނީ ލުބުނާނަށް ވެސް ހަމަލާތައް ދެމުންނެވެ. ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް އިސްރާއީލު ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު އެކަނިވެސް ތިން މީހަކު ވަނީ މަރާލާފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 50،357 މީހުން މަރުވެ 114،400 މީހުން ޒަޚަމްވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފަ އެވެ.
ހަމާސް އިސްވެ އޮވެ އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު