ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި އެކަނިވެސް ފަލަސްތީނުގެ 50 މީހުން މަރުވެއްޖެއެވެ.
އޮފިޝަލުންނާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި އިސްރާއީލުން އެންމެ ފަހުން ހަމަލާ ދިނީ ޣައްޒާގެ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލް ކައިރީގައި ނޫސްވެރިން ދިރިއުޅޭ ޓެންޓަކަށެވެ. މި ޓެންޓަށް ދިން ހަމަލާގައި މަދުވެގެން ދެ މީހަކު މަރުވެ، ހަތް މީހަކު ވަނީ ޒަހަމްވެފަ އެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ މެދުތެރޭ ދިއިރް އެލް ބާލާގެ ފަސް އަވަށްއެއްގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުން އެމީހުންގެ ގެތަކުން ނުކުންނަންވެސް އަމުރުކޮށްފައެވެ. މި އަމުރާ ހިލާފުވާ ފަރާތްތަކަށް އިސްރާއީލުން ދަނީ ހަރުކަށި އަދަބުތައްވެސް ދެމުންނެވެ. އަދި އަދަބުތައް ދިނުމުގައި އިސްރާއީލުން އެއްވެސް ބަޔަކު އިސްތިސްނާ ނުކުރާކަން ފާހަގަ ކުރެވެއެވެ.
މެދުއިރުމަތީގައި ނިރުބަވެރި އިސްރާއީލުން ޖަރީމާތައް ހިންގަމުންދަނީ އެމެރިކާއާއި އިނގިރޭސިވިލާތާވެސް ގުޅިގެންކަން ފާހަގަ ކުރެވެއެވެ. މި ޖަރީމާތަކުގެ ތެރެއިން އެމެރިކާ ސިފައިން ވަނީ ޔަމަނުގެ ވެރިރަށް ސަނާގައި ހަތަރު މީހަކު މަރާލާފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 50،695 ފަލަސްތީނު މީހުން މަރުވެ 115،338 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ހަމާސް އިސްވެ އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު