ފުލުހަކު މަގުމަތީގައި--
ފުލުހަކު މަގުމަތީގައި--
ކޯރާޑިއަކުން ހަމަލާ ދޭން އުޅުނު ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއ. ކޫލްއައިސިސް، އަހުމަދު ރަޝީދު (61އ.) އެވެ.

ބަންދު އަމުރުގައި ބުނީ ރަޝީދު މީހަކަށް ހަމަލާދޭން ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއްވެސް ބޭނުންކުރަން އުޅުނު ކަމަށެވެ.

އެހެންވެ ރަޝީދު ބަންދުން ދޫކޮށްލައިފިނަމަ މީހެއްގެ ހަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން