އެމެރިކާގެ އެހީގައި ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާއި ދެކޮޅަށް މޮރޮކޯގައި އާންމުން މުޒާހަރާތަކަށް ނުކުމެއްޖެއެވެ.

އިސްރާއީލުން ޣައްޒާ އާއި އެގައުމުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މުޒާހަރާ ކުރުމަށް ދިހަހާސް މޮރޮކޯ މީހުން މަގުތަކަށް ވަނީ ނުކުމެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ 18 މަސް ދުވަހުގެ ހަނގުރާމައަށް ތާއީދު ކުރާތީ އެމެރިކާއާ ދެކޮޅަށް ވެސް ނިކުމެފަ އެވެ.

މިއީ އެތައް މަސްތަކެއް ފަހުން މޮރޮކޯގައި ބޭއްވި މިފަދަ އެންމެ ބޮޑު އެއް މުޒާހަރާކަން ފާހަގަ ކުރެވެއެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ވެރިރަށް ރަބާތުގެ މަގުތަކުގައި ފަލަސްތީނުގެ ދިދަހިފައިގެން ހިނގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން