ފައިސާ ޗާޕް ކުރަނީއޭ ކިޔައިގެން ރައްޔިތުންގެ މަޖިލީހަށް ދޮގު ގަރާރު ހުށަހެޅުމަކީ ޤައުމަށް ޣައްދާރުވުން ކަމަށް ޕީއެންސީއަށް ނިސްބަތްާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ މިހެން ވިދާޅުވީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމުން ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ފައިސާ ޗާޕު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހޯދުމަށް ޝަމްހީދުގެ ގަރާރުގައި ގޮވާލައްވާފައި ވެއެވެ.
މި ގަރާރުގެ ބަހުސްގައި އިބްރާހިމް ދީދީ ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ކުރަން ނޫޅޭ ކަމަށެވެ. އަދި އެފަދަ ދޮގު ގަރާރު މަޖިލީހަށް ހުށަހެޅުމަކީ ގައުމަށް ޣައްދާރުވުން ކަމަށްވެސް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
“މިކަހަލަ ގަރާރުތައް ވައްދައިގެން އެހެން މީހުންގެ ބޮލުގައި ރޯބުހުތާނު ދޮގު އެޅުވުމަކީ ޣައްދާރުވުން ގައުމަށް.” އިބްރާހިމް ދީދީ ވިދާޅުވެފައިވެއެވެ.
މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެންބަރުން ވަނީ އެމްޑީޕީން މަޖިލީހުގައި ޒިންމާދާރުކޮށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ތުންތުންމަތިން ދެކެވޭ ވާހަކަތަކަކަށް ބިނާކޮށް މަޖިލީހަށް ގަރާރުތައް ހުށައެޅުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވެއެވެ.
މި ސަރުކާރުން ފައިސާ ޗާޕްކުރަން ނޫޅޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވެފައިވާއިރު މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މީގެކުރިން ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.
އެމްއެމްއޭއިން ހުޅުމާލެއިން ބިންގަތުމަށް މަސައްކަތް ކުރަމުންދާއިރު ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީންވެސް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު