ހަޔާތުގެ ބައިވެރިޔާދެކެ ލޯބިވާނަމަ އެކުގައި ކިތައްމެ ގިނަ ދުވަހު އުޅުނު ކަމުގައި ވީނަމަވެސް އަބަދުވެސް އެމީހުންނަށް އެކަން ދައްކަން ޖެހެއެވެ. ހަމަ އެކަނި ވަރަށް ލޯބިވެޔޭ ބުނުމުން މިކަން ނުނިމޭނެއެވެ. އަމަލުންވެސް ބައިވެރިޔާއަށް އަބަދުވެސް މިކަން ދައްކަން ޖެހެއެވެ. އަދި އެކަން ބައިވެރިޔާއަށް އިހުސާސް ކޮށްދޭން ޖެހެއެވެ.
ތިރީގައި މި ހިމަނާލަނީ ބައިވެރިޔާދެކެ ލޯބިވާނަމަ އެކަން އަމަލުނެ ދެއްކުމަށް ކުރަންވީ 5 ކަމެކެވެ.
މުއާމަލާތު ކުރުން
ބައިވެރިޔާދެކެ ލޯބިވާކަން ދައްކަން ބޭނުންވާނަމަ އޭނާއާ ރަނގަޅަށް މުއާމަލާތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ބައިވެރިޔާގެ ދުވަސް ދިޔަ ގޮތާއި، ކުރި ކަންތައްތައް އޮޅުން ފިލުވަން ޖެހެއެވެ. މިއީ ވަރަށް ކުޑަ ކަމެއް ނަމަވެސް، މިކަން ކުރުމުން ދެމީހުންގެ ގުޅުން ވަރުގަދަ ވެއެވެ.
ސަޕްރައިޒް ކުރުން
ބައިވެރިޔާދެކެ ލޯބިވާކަން ދައްކަން ބޭނުންވާނަމަ އޭނާ އަށް ސަޕްރައިޒެއް ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން އޭނާ ހީވެސް ނުކުރާފަދަ ދުވަހެއްގައި އެކުގައި ބޭރަށް ގޮސް، އޭނާއަށް ކަމުދާފަދަ އެެއްޗެއް ގަނެދެވިދާނެއެވެ. ނުވަތަ އޭނާ ވަރަށް ކުރަން ބޭނުންވެފައި ހުރި ކަމެއް ހާސިލް ކުރުމުގައި އެހީތެރިވެވިދާނެއެވެ.
އަތުގައި ހިފުން
އަތުގައި ހިފުމަކީވެސް ބައިވެރިޔާދެކެ ލޯބިވާކަން ދެއްކުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ދެމީހުން އެކުގައި ބޭރަށް ނިކުމެ އުޅޭއިރު އަތުގައި ހިފައިގެން ތިބެވިދާނެއެވެ. އަދި އެކުގައި ހިނގާލަން ދާއިރުވެސް އަތުގައި ހިފައިގެން ދެވިދާނެއެވެ. މިފަދަ ކަންކަމުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެއެވެެ.
އިހުތިރާމް ކުރުން
ބައިވެރިޔާދެކެ ލޯބިވާނަމަ އޭނާއަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރިއުޅުމެއް ފަށައިގެން އުޅޭއިރު ދެމީހުން އެކި ކަންކަމާ ހިޔާލު ތަފާތު ވާ ފަހަރުވެސް އަންނާނެއެވެ. ނަމަވެސް ކޮންމެ ކަމެއް ވިޔަސް އެކަކު އަނެކަކަށް އިހުތިރާމް ކުރަން ޖެހޭނެއެވެ.
އެހީތެރިވުން
ގޭތެރޭގެ ކަންކަމުގައު ބައިވެރިޔާއަށް އެހީތެރިވުމަކީވެސް ލޯބިވާކަން ދެއްކުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ކާތަށިތައް ދޮވުމުގައި ނުވަތަ ގޭތެރެ ސާފު ކުރުމުގައި ބައިވެރިޔާއަށް އެހީވެވިދާނެއެވެ. ނުވަތަ ކައްކާ ގަޑީގަައިވެސް ބައިވެރިޔާއަށް އެހީވެވިދާނެއެވެ. މިއީ ކިތައްމެ ކުޑަ ކަމަކަށްވީނަމަވެސް، މިކަމުގެ ސަބަބުން ބައިވެރިޔާއަށް ލުޔެއް ލިބި، ހަމަޖެހިލަން ވަގުތު ލިބެއެވެ. އަދި އެހެންވެ ދެމީހުންގެ ގުޅުންވެސް އިތުރަށް ވަރުގަދަ ވެއެވެ.

ކިޔުންތެރިންގެ ހިޔާލު