ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތްވާ ފެނުނު ޒަކިއްޔާ މޫސާ
ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތްވާ ފެނުނު ޒަކިއްޔާ މޫސާ
ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވެފައިވަނީ އަމިއްލައަށް ދިން ޒަހަމްތަކެއްގެ ސަަބަބުން ކަމަށް އޭނާގެ ވާރޗުއަލް އޮޓޮޕްސީން ދައްކައިފިއެވެ.

ޒަކިއްޔާގެ ވާރޗުއަލް އޮޓޮޕްސީ ހަދާފައިވަނީ އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން މެދުވެރިކޮށެވެ. މި އޮޓޮޕްސީ ހެދުމަށް ފުލުހުންގެ ޓީމެއް އިންޑިއާއަށް ދިޔައީ މިދިޔަ މަހުއެވެ.

ވާރޗުއަލް އޮޓޮޕްސީ ހެދުމަކީ ހަށިގަނޑު އެގްޒެމައިން ނުކޮށް، ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީތަކުންވެސް މަރުގެ ސަބަބު ހޯދެއެވެ.

އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައިވާ ޒަހަމްތަކުން ނާރުތައް ބުރިވެފައި ވިޔަސް، ކަށީގައި ޖެހޭ ހިސާބާ ކައިރިއަށް ވެސް އެއްވެސް ޒަހަމެއްގެ ފުންމިނެއް ނެތެވެ. އަދި އެ ރިޕޯޓްގައި އެ ޒަހަމްތަކުގެ ސަބަބުން ޕްރެޝަރުގައި ލޭތައް ބުރައިގެން ނުދިޔަ ސަބަބާއި، އެ ޒަހަމްތައް ލިބިފައި ހުރި ކަމަށް ބެލެވޭ ގޮތް ފަދަ މުހިންމު ސުވާލުތަކަށް ސިއްހީ ގޮތުން ތަފްސީލް ކޮށްދީފައިވެ އެވެ.

50 އަހަރުގެ ޒަކިއްޔާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މި މަރާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުންގެ ލަފާވެސް ވަނީ ހޯދާފައެވެ. އެފަރާތްތަކުންވެސް ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ތަހުގީގުތަކުން ހާމަވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން