މުރަނގަ ފަތް. ފޮޓޯ: ނިއުޓްރިއޯނޯ
މުރަނގަ ފަތް. ފޮޓޯ: ނިއުޓްރިއޯނޯ
މުރަނގަ ފަތަކީ އޭގައި ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން ބަލާއިރު މީގައި މިނަރަލާއި ވިޓަމިންގެ އިތުރުން ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓުވެސް ހިމެނެއެވެ. އެހެންވެ މުރަނގަފަތް ކެއުމަށް އާދަ ކޮށްފިނަމަ ހަށިގަނޑުގެ ސިއްހަތު ވަރަށް ބޮޑަށް ދުޅަހެޔޮ ވެއެވެ.

މިފަހަރު މި ހިމަނާލަނީ ކޮންމެ ދުވަހަކު މުރަނގަ ފަތް ކާނަމަ ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

ހަކުރު ބަލިން ރައްކާތެރިވުން

ކޮންމެ ދުވަހަކު މުރަނގަ ފަތް ކާނަމަ އޭގެ ސަބަބުން އެމީހަކު ހަކުރު ބަލިން ރައްކާތެރިވެއެވެ. މުރަނގަ ފަތަކީ އޭގައި އިސޮތިއޯސައިނޭޓްސް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗަކަށްވީއިރު، މި މާއްދާއަކީ ހަށިގަނޑުގައި ހުންނަ ހަކުރު ޕްރޮސެސް ކުރުމުގައި އެހީވެދޭ މާއްދާއެކެވެ. އެހެންވެ މި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލު ކުރެވެއެވެ. ހަކުރު ބަލި ހުންނަ މީހުންވެސް މި ކާނަމަ، ބަލި ކޮންޓްރޯލު ކުރުމުގައި އެހީވެދެއެވެ.

ހަޖަމުގެ މައްސަލަތަކުން ދުރުވުން

ކޮންމެ ދުވަހަކު މުރަނގަ ފަތް ކާނަމަ އޭގެ ސަބަބުން މީހާ ހަޖަމުގެ މައްސަލަތަކުންވެސް ދުރުވެއެވެ. މުރަނގަ ފަތަކީ އޭގައި ގިނަ އަދަދަކަށް ފައިބާ ހިމެނޭ އެއްްޗެއްކަމުން މި ބޭނުން ކުރުމުން ކާއެއްޗެހި ހަޖަމު ކުރުމަށް ފަސޭހަ ވެއެވެ. މީގެ އިތުރުން މީގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ބަނޑު އިންފްލެމޭޓު ވުމުން ދުރުކޮށްދެއެވެ. އަދި މިހެންވެ ބުލޯޓުވުމާއި، ބަނޑުގައި ވައި ހެދުން ފަދަ މައްސަލަތަކުން މީހާ ރައްކާތެރި ވެއެވެ.

ބަރުދަން ލުއިވުން

މުރަނގަ ފަތަކީ ބަރުދަން ލުއިކުރުމުގައިވެސް އެހީވެދޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗަކަށްވީނަމަވެސް މީގައި ހިމެނޭ ކެލޮރީތައް ވަރަށް މަދެވެ. މި ކެއުމުން ގިނައިރު މީހާއަށް ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި އޭގެ ސަބަބުން ކާއެއްޗެހި ކެވޭ ވަރު މަދުވެއެވެ. މީގެ އިތުރުން މި ކެއުމުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، އޭގެ ސަބަބުން ސަރުބީ ވިރޭވަރުވެސް އިތުރުވެއެވެ. ވީމާ ކޮންމެ ދުވަހަކު މުރަނގަ ފަތް ކާނަމަ ފަސޭހައިން ބަރުދަން ލުއި ކުރެވެއެވެ.

ކައްޓާއި ހުޅުތައް ވަރުގަދަވުން

މުރަނގަ ފަތަކީ ހަށިގަނޑުގެ ކަށިތަކާއި ހުޅުތައް ވަރުގަދަ ކުރުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ. މުރަނގަ ފަތަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް، އަޔަން އަދި ފޮސްފަރަސް ހިމެނޭ އެއްޗެކެވެ. މި ހުރިހާ މާއްދާއަކީވެސް ކަށިތަކާއި ހުޅުތައް ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު މި ކާނަމަ އާތުރައިޓިސް އަދި ކަށި ފީވުން ފަދަ ބަލިތަކުން މީހާ ރައްކާތެރި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން