އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ގެދޮރުގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވެއްޖެއެވެ.
ރައީސް ޕްރަބޯވޯ މިހެން ވިދާޅުވެފައި ވަނީ މެދުއިރުމައްޗާއި ތުރުކީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ބޯހިޔާވަހިކަން ފޯރުކޮށްދޭނީ 1،000 މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރަބޯވޯ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ގެންދާނެ ގޮތަކާ ބެހޭ ގޮތުން ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކާއި އަވަހަށް މަޝްވަރާ ކުރުމަށް އޭނާގެ ފޮރިން މިނިސްޓަރަށް އަންގަވާފައިވާ ކަމަށެވެ.
"ޒަޚަމްވެފައިވާ މީހުންނާއި، ގޮތްހުސްވެފައިވާ މީހުންނާއި، ޔަތީމު ކުދިން ގެންދިއުމަށް ތައްޔާރަށް މިތިބީ،" މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ވިދާޅުވި އެވެ.
މިދިޔަ އަހަރު ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް ޕްރަބޯވޯ ވަނީ އިންޑޮނޭޝިއާ އިން ޣައްޒާއަށް ސުލްހަ ބެލެހެއްޓުމުގެ ސިފައިން ބޭނުންވެއްޖެ ނަމަ ސިފައިން ފޮނުވަންވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު