މި ވެރިކަމުން މިހާރު މިންޖުވާން ޖެހިފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށެވެ.
އެހެންކަމުން އެކަމުން ދިވެހިން މިންޖުވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ފާހަގަވެގެން ދިޔަ އިމްރާން މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާއިރު އަދާލަތު ޕާޓީގެ ސިޔާސީ ހަރަކާތްތައް އޮތީ މަޑުޖެހިފަ އެވެ.
އިމްރާން އެންމެ ފަހުން ސަރުކާރަށް ފާޑުވިދާޅުވި ކަންކަމުގެ ތެރޭގައި އިސްރާއިލުގެ ޕާސްޕޯޓް މަނާކުރުން ލަސްވުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު