ޝަމްއާން
ޝަމްއާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.

ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަކުރުމުމަށް ފަހު މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.

ބަންދުކުރި މައްސަލަ ޝަމްއާން ހައި ކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް އެ މައްސަލަ ކޯޓުން އޮތީ ބޭރުކޮށްލައިފަ އެވެ. އެހެންވެ އެ މައްސަލަ ފަހުން ޝަމްއާން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން އެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަަ ބަލައިގަންނަން ނިންމި އިރު ޝަމްއާން މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުވެސްކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު އިމިގްޜޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއް ގެންދިޔައިރު އޭގެތެރެއިން އެކަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަށެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ޝަމްއާނާއެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކުވެސް ހައްޔަރުކުރި އެވެ. އަދި ދެ އޮފިސަރެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނުވެސް ވަނީ ހިފަހައްޓައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން