ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިތްވަރު ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުޤައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.
ސަލީމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ މޯލްޑިވްސް ގޭހުން ފައިސާތަކެއް ގެއްލުނުކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ސަލީމް ވިދާޅުވީ ގައުމު އިސްލާހު ކުރުމުގެ ބާރު ރައްޔިތުން ދީފައި ވަނީ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ. އަދި އެކަން ކުރުމުގެ ހިތްވަރު މެންބަރުންގެ ކިބައިގައި ނެތްނަމަ ޤައުމު އިސްލާޙު ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ހަމައެއާއެކު ޤައުމުގައި ޚިޔާނާތުގެ ބޮޑެތި ކަންކަންތައް ހިނގުމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އެކަމުން ސަލާމަތް ނުވެވޭނެ ކަމަށާއި މައްސަލަތައް ބަލަން ފަސްޖެހޭނަމަ އެކަންކަމުގެ ޒިންމާ މެންބަރުންގެ ބޮލުގައި އެޅޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
“ހަގީގަތުގައި ހުރިހާ ކުށްވެރިންނަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން. ރައްޔިތުންގެ މަޖިލީހަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ގާނޫނު ބުނާ ގޮތުން.” ސަލީމް ވިދާޅުވިއެވެ.
އެހެންކަމުން ޙަގީގަތުގައި ދިމާވެގެން އުޅޭ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޯސްވުމާއި ހިތްވަރު ނެތުން ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.
ސަލީމް މިހެން ވިދާޅުވެފައިވާއިރު މޯލްޑިވްސްް ގޭސް ކުންފުނިން ގޭސް ޝިޕްމަންޓަކަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރުވަނީ ތަހުގީގުކުރަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު